This post is in Dhivehi and English

މިއަދު މިއީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަސް. އެހެންވީމާ އަހަރެން ގަސްދުކުރަނީ މިޕޯސްޓުގެ ބައެއް ބައި ދިވެހިބަހުން ލިޔަން. އާންމުކޮށް އިނގިރޭސިބަހުން ލިޔުނަސް މިބުލޮގު ލިޔުމުގެ އެއް މަގުސަދަކީ މާދަރީބަހުގެ  މުހިންމުކަން ދައްކަވައިދިނުން. ހަގީގަތުގައި އަހަންނަކަށް ނޭނގެ އަހަރެންގެ މާދަރި ބަހަކީ ކޮބައިކަމެއް. މިކަމާ ބެހޭ ސުވާލެއް މީހަކު އަހަރެންކައިރި އަހައިފިއްޔާ އަހަންނަކަށް ޖަވާބު ދޭކަށް ނޭނގޭނެ. އަހަރެން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ދިވެހި ބަހުން، އެހެންވީމާ ބައެއް މީހުން ބުނާނީ ދިވެހިބަހަކީ އަހަރެންގެ މާދަރީ ބަސް ކަމަށް. އެކަމަކު ދިވެހިރާއްޖޭގައި ނޫޅޭތީ އަހަރެންގެ ވާހަކަދެއްކުން ވަރަށް އަވަހަށް އިނގިރޭސި ބަހަށް ބަދަލުވީ. އެހެންވީމާ އަނެއްބަޔަކު ބުނެފާނެ އަހަރެންގެ މާދަރީބަހަކީ އިނގިރޭސިބަސް ކަމަށް. މިނޭނގުމާ ގުޅިގެން އަހަރެން ޚިޔާލު ކޮށްލީ މިދެބަސް ބޭނުންކޮށްގެން އެއްޗެއް ލިޔަންކަމަށް.

މިޕޯސްޓުގެ ބޭނުމަކީ އިނގިރޭސިބަހުގެ ބައެއް އެވޭލާ ލަފުޒުތަކާއި އާންމުކޮށް ބޭނުންނުކުރާ ލަފުޒުތަކުން އައު ދިވެހި ލަފުޒު އުފައްދަން. އަހަރެން ކުރީގައި (އިނގިރޭސި ބަހުން) ލިޔެފައިވާ ޕޯސްޓުތައް ބަލައިފިއްޔާ އެނގޭނެ މިއީ އަހަރެން ވަރަށް ގިނައިން ކުރާ ކަމެއްކަން. މިފަހަރުގެ ތަފާތަކީ ތަރުޖަމާ ކުރަން އުޅޭ ލަފުޒުތަކަކީ މިހާރު އެއްގޮތަކަށްވެސް ބޭނުން ނުޖެހެ ލަފުޒުތަކެއް. މިލަފުޒުތައް ތަރުޖަމާކުރަނީ އިނގިރޭސިބަހުގެ ބަސްކޮށާރުގެ މުއްސަނދިކަން ދައްކައިދޭން ބޭނުންވާތީ. މިމުއްސަނދިކަން ފެނުނީމާ ދިވެހިން އެމީހުންގެ އަމިއްލަ ބަހުގެ ބަސްކޮށާރަށް އެފަދަ މުއްސަނދިކަމެއް ގެންނަން ބޭނުންވާނެކަމަށް އަހަރެން އުއްމީދުކުރަން.

Today is International Mother Tongue Day – a day where we recognise the importance of our mother tongues to our culture and identity. But this day isn’t just for speakers of minority languages, or endangered languages, it’s for everyone – even speakers of widely spoken languages like English.

Still, in a sense, it is a bit easier for speakers of minority/endangered languages to realise the importance of their mother tongues because it is more likely that these languages will not survive. Speakers of languages like English, on the other hand, can take their mother tongue for granted because it’s so ubiquitous.

I wanted to write a post that would make the spirit of Mother Tongue Day relevant for speakers of both English and Dhivehi so I decided to take some rare/archaic English words and come up with Dhivehi translations. What most English speakers may not realise is that their language is a treasure trove of weird and wonderful words and ideas. So if your mother tongue is English, hopefully you’ll become aware of the richness of your language and have a new found appreciation for it. And if your mother tongue is Dhivehi, hopefully you’ll be inspired to recreate some of that richness in your own language.


The way this will work is, I will have the English word, a Dhivehi transliteration and a suggested translation as a heading, followed by meanings and other explanation in both languages. See the example below. My suggested translations might be are probably a bit weird, but that’s kind of the whole point. Really, all words are arbitrary – we just give them meaning.

މިޕޯސްޓު ހުށަހަޅާލާ ގޮތަކީ މިއީ. މަތީބައިގައި ވަނީ އިނގިރޭސި ލަފުޒާއި އެލަފުޒު ކިޔާގޮތް ތާނައަކުރުން، އަދި އަހަންނަށް ފެންނަ ގޮތުން އެލަފުޒުގެ ރަނގަޅު ތަރުޖަމާއެއް. އޭގެ ތިރީގައި ވަނީ އެބަހުގެ މާނައާއި އިތުރު މައުލޫމާތު ދެބަހުން ލިޔެފައި. މިސާލަކަށް:

Word / ލަފުޒު / ޥޯރޑް

Meaning and other information/comments.

.މާނައާއި އިތުރު މައުލޫމާތާއި ޚިޔާލު


Let’s get started!

 ހިނގާ ފަށަމާ!

Animalcule / ކުދިޖަނަވާރު / އެނިމަލްކިޔުލް

A microscopic animal

ލޮލަށް ނުފެންނަ ވަރަށް ކުޑަ ޖަނަވާރެއް

Attercop / ވިހަބޯ / އެޓަރކޮޕް

A spider. The word literally means “poison-head”. The “cop” part is related to the word “cobweb”.

ފައިދިގު މަކުނެއް. “އެޓަރ” ގެ މާނައަކީ “ވިހަ”. “ކޮޕް” ގެ މާނައަކީ “ބޯ”.

Aureate / ޅެންބަހަވީ / އޮރިއެޓް

Highly ornamented or elaborate language used by poets. Also refers to things made of gold or gold in colour.

ޅެންވެރިން ބޭނުންކުރާ ބަހުގެ ގޮތުން ހުރި ބަސްބަސް.

Boffola / މާހާހާ / ބޮފޯލާ

A joke or line in a script that is intended to get a laugh. Or, a laugh that is hearty and unrestrained.

ބާރަށް ހެއްވާލަން ކުރާ ސަމާސާ ވާހަކައެއް ނުވަތަ ބާރު ހީނލުމެއް. “މާ” ގެ މާނައަކީ “ބޮޑު”. “ހާހާ” އަކީ ހީލާއިރު ކިޔާ އަޑު.

Borborygmus / ގޮހޮރުގުގުރި / ބޯބޮރިގްމަސް

The sound of intestinal gas. This word is onomatopoeic.

ގޮހޮރުތެރޭގައި އުފެދިފައިވާ ވައިގެ އަޑު.

Brontide / ދުރުގުރި / ބްރޮންޓައިޑް

A low distant rumbling like thunder.

މަޑުން އިވޭ ގުގުރި ކަހަލަ އަޑެއް

Camelopard / ޖަމަލުވަގު / ކެމަލޮޕަރޑް

A giraffe. It’s a combination of two Greek words meaning “camel ” and “leopard”.

ޒަރާފާއެއް. މިއީ ދެ ޔޫނާނީ ބަސް އެއްކޮށްގެން އުފެދިފައިވާ ބަހެކެވެ. އެއްބަހުގެ މާނައަކީ “ޖަމަލު”، އަނެއް ބަހުގެ މާނައަކީ “(ލައްޖެހި) ވަގު”.

Cicisbeo / ޖިމާޢުފިރި / ޗިޗިސްބޭއޮ

A married woman’s male companion or lover. This arrangement was practised with the husband’s consent.

ކައިވެނިކޮށްގެން އުޅޭ އަންހެންމީހާ ޖިންސީ ގުޅުން ހިންގަން ގެންގުޅޭ ފިރިމީހާ ނޫން އެހެން ފިރިހެނެއް. މިކަން ކުރަނީ ފިރިމީހާގެ ހުއްދަ ހޯދައިގެން. މިއީ އިޓަލީގެ ބައެއް ރަށްރަށުގެ މަތީދަރަޖައިގެ ބޭފުޅުން ކުރި ކަމެއް 18ވަނަ އަދި 19ވަނަ ގަރުނުގައި.

Cornobble / މަސްތެޅުން / ކޯރނޮބްލް

To smack somebody with a fish. Why this word exists, we will never know…

މަހަކުން މީހެއްގެ ގައިގައި ޖެހުން.

 Flatline / ރޮނގުފިތިވުން / ފްލެޓްލައިން

To die. This word is a reference to the monitors used in hospitals, which display a flat line when a person’s heart stops beating.

މަރުވުން.

Gainsayer / ދެކޮޅުވެރިޔާ / ގޭންސެޔަރ

One who contradicts or declares things to be untrue or invalid.

ތުހުމަތުކުރެވޭ ކަމަކާ ދެކޮޅު ހަދާ ނުވަތަ އެކަމަށް އިންކާރުކުރާ މީހާ.

Kickshaw / ބޮޑާހެދިކާ / ކިކްޝޯ

A fancy but insubstantial cooked dish. This word comes from the French “quelque chose” which means “something”.

މޮޅަށް ތައްޔާރު ކުރެވިފައިވާ ނަމަވެސް މާ ބޮޑު އަގެއް ނުދެވޭ ކާ އެއްޗެއް. މިބަހުގެ އަސްލަކީ ފަރަންސޭސިބަހުގެ “quelque chose”. މާނައަކީ “ކޮންމެސް އެއްޗެއް”.

Liberosis / އަޅާނުލުންއެދުން / ލިބަރޯސިސް

The desire to care less about things.

އެއްޗަކާ އަޅާލާ ހިތްނުވުމުގެ އިހުސާސް.

Love Apple / ލޯބިއާފަލު / ލަވް އެޕަލް

A tomato.

ޓޮމާޓޯއެއް.

Monorchid / އެއްއޮށް / މޮނޯކިޑް

Having only one testicle.

ފިރިހެނުންގެ އުރަވަޅީގައި އެއް އޮށް އޮތުން.

Numbles / ފުއްލާގޮހޮރު / ނަމްބްލްސް

A deer’s entrails as food.

ފުއްލާގެ ގޮހޮރު ކެއުމަށް ތައްޔާރު ކުރީމަ ކިޔާ ނަން.

Oocephalous / ބިސްބޯ / އޯއޯސެފަލަސް

Having an egg-like head. The noun form is “oocephalus”. Both the Os are pronounced separately.

ބޯ ބިހެއްގެ ސިފައަށް ހުންނަ މީހާ ނުވަތަ އެތި.

Paralian / ކަނޑުވެރިޔާ / ޕަރޭލިއަން

A person who lives near the sea.

ކަނޑު ކައިރީގައި އުޅޭ މީހެއް.

Phosphene / ލޯތަރި / ފޮސްފީން

The colours and lights when you close or rub your eyes.

ލޯމަރާލާ އިރު ނޫނީ ލޯ އުނގުޅާލާ އިރު ފެންނަ ކުލަތަކާއި އަލިތައް.

Pismire / ހީސްފަކުސަ / ޕިސްމަޔަރ

An ant. A “myre” is a small insect, and some ants give off a smell similar to urine, hence “piss”.

ހިންޏެއް. މިނަން ދީފައިވަނީ ބައެއް ހިނިތަކުން ހީހުން ދުވާ ކަހަލަ ވަހެއް ދުވާތީ.

Pizzle / ގެރިދަނޑި / ޕިޒްލް

A bull’s penis used for flogging, or, as a verb, the act of beating someone with a bull’s penis.

އަދަބެއްގެ ގޮތުން މީހެއްގެ ގައިގައި ޖެހުމަށް ބޭނުންކުރާ ހިއްކިފައިވާ ފިރިހެން ގެރީގެ ޒަކަރު.

Pysmatic / ސުވާލުވެރި / ޕިޒްމެޓިކް

One constantly inquiring or asking questions.

އަބަދު ސުވާލު އަހާ ނުވަތަ މައުލޫމާތު ހޯދާ މީހެއް

Rumpot / ރާތެލި / ރަމްޕޮޓް

A habitual or heavy drinker.

ގިނައިން ރާބޯ މީހެއް

Sciolist / ރޯނުއެދުރު / ސައިއޮލިސްޓް

A person who pretends to be knowledgeable and well informed despite having limited or superficial knowledge.

ދަންނަ ކަމަށް ހެދިގެން އުޅޭ މީހާ. މިއީ އަސްލު ދިވެހި ލަފުޒެއް.

Smouster / ސިއްރުކެއުން / ސްމައުސްޓަރ

To eat secretively.

ވަންހަނާ ގޮތެއްގައި ކެއުން.

Zenzizenzizenzic / ހުވަގުނަހުވަގުނަހުވަގުނަ / ޒެންޒިޒެންޒިޒެންޒިކް

To the power of 8 (“the square of squares squaredly”). This word was used before powers were written with superscript numbers.

އަދަދެއް އެއަދަދަކާ އަށްފަހަރު ގުނަކުރީމަ ލިބޭ އަދަދު.


Hopefully you enjoyed that; or at the very least, learned something new. There are so many other words I wanted to include but I couldn’t come up with decent translations. I’ll leave you with the following pages. Try to come up with your own translations (Dhivehi or whatever other language your mother tongue may be).

unusedwords

Oxford archaic words

Wordsyoudidntknow

Here’s a website where people come up with new words for definitions that others give. Most involve some sort of word play.

Then of course there’s Urban Dictionary…

Advertisements